Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

މާލޭގެ ބިލުތަކަށް %40 ޑިސްކައުންޓު، އައްޑޫ އިން ސުމެއް!

ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗް އޮފީސް. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ކަރަންޓު ބިލުތައް ބޮޑުވުމުން މާލޭގެ ރައްޔިތުން ކުރި ޝަކުވާތަކާ ގުޅިގެން ސްޓެލްކޯ އިން %40 ޑިސްކައުންޓު ދިނުމަށް ނިންމާފައިވާއިރު، އައްޑޫގެ ބިލްތައް ވެސް އިންތިހާއަށް ބޮޑުވެފައިވާއިރު ޑިސްކައުންޓެއް ނުދިނުމުން ރައްޔިތުުން ޝަކުވާ ކުރަން ފަށައިފިއެވެ.

ގިނަ ރައްޔިތުންނެއް ވަނީ އެހެން މަސްތަކާ ޚިލާފަށް ޖޫން މަހުގެ ބިލް، ފާހަގަކޮށްލެވޭ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ވަނީ މުސާރަ ކުޑަކުރުމާއި މުސާރަ ހުއްޓުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.

"ކުރިން 1300-1200 އާ ދެމެދުގެ ބިލަކަށް މިމަހުގެ ކުއްލިއަކަށް 3000 ރުފިޔާ މިވަނީ އަރާފައި. މުސާރަ ކުޑަކޮށް ޚަރަދުތަކަށް އެހާމެ ބަލަން ޖެހޭ މިފަދަ ދަނޑިވަޅެއްގައި މިއީ ދެއްކޭ ވަރުގެ ބިލެއް ނޫން،" ކަންބޮޑުވުން ފާޅުކުރި ރައްޔިތަކު ބުނެފައިވެއެވެ.

ސޯޝަލް މީޑިޔާގައި ވެސް ގިނަ ބަޔަކު މިކަމާ ގުޅިގެން ފާޑުކިޔަމުން އަންނައިރު މިކަމާ ގުޅިގެން ވާހަކަ ދައްކާނެ ފަރާތެއް ނެތް ކަން ފާހަގަކޮށްލެވެއެވެ.