Last Updated: November 28, 11:48
Thursday, November 28, 2024
ޚަބަރު

އެޗްބީއެޗް ހެލްމެޓް ކުއްޔަށް ދޫކުރަން ފަށައިފި

އެޗްބީއެޗް ލިންކް ރޯޑުން ދުއްވާފައި ދަނީ. ފޮޓޯ/ އައްޑޫ ލައިވް

ތަފާތު ހިދުމަތްތައް އާންމުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މިހާރު ވެސް ދެމުން އަންނަ މަރަދޫ ހަސަން ނާސިރު ނުވަތަ ހަން ބައްދާ ހަސަނު (އެޗްބީއެޗް) ކުއްޔަށް ހެލްމެޓް ދޫކުރަން ފަށައިފި އެވެ.

އޭނާ ބުނީ ހެލްމެޜް ކުއްޔަށް ދޫކުރަނީ އެ މީހެެއްގެ ދަރުތެއް ނިމެންދެން ކަމަށެވެ. އެގޮތުން ކުއްޔަށް ހެލްމެޓެއް ދޫކުރަނީ 5ރ. އަށެވެ.

"މިކަން ކުރަން ނިންމި ސަބަބަކީ ރަށު ތެެރޭގައި ދުއްވާލަން އުޅެނިކޮށް ކުއްލިއަކަށް ހިތަދު ދާން ޖެހުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ކޮންމެހެން ވެސް ހެލްމެޓެއް ބޭނުންވާތީ. އެފަދަ ހާލަތެެއްގައި ހެލްމެޓް ނަގަން އަނބުރާ ގެއަށް ނުގޮސް އަޅުގަނޑަށް ގުޅާލީމަ ހެލްމެޓް ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ،" އެޗްބީއެޗް ބުންޏެވެ.

އޭނާ ބުނީ މަރަދު އާއި ހިތަދޫން ކުއްޔަށް ހެލްމެޓް ލިބޭނެ ގޮތް މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެޗްބީއެޗްގެ ނަމްބަރަކީ 7721432 އެވެ.