Last Updated: November 25, 17:35
Monday, November 25, 2024
ޚަބަރު

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރުން ފައިސާ ހޯދަނީ

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދަމުން އަންނަ މައްސަލަތައް މިފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން ގިނަ އަދަދުތަކުން މީހުން އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަތައް މިފަހަކަށް އައިސް ހުށަހެޅޭލެއް އިތުރުވެފައިވާ ކަމަށެވެ.

ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަމުންދާ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓު ފޯމުތައް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރުކޮށް ފައިސާ އަތުލަމުންދާކަން މިފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިފަދަ ކުށްކުށުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި އޮތޮރައިޒްޑް މަނީ ޗޭންޖާސް މެދުވެރިކޮށް ނޫނީ އެފަދަ މުއާމަލާތްތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.