Last Updated: November 25, 17:34
Monday, November 25, 2024
ޚަބަރު

އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި: ހޯމް މިނިސްޓްރީ

މާލޭގައި މުޒާހަރާއެއް ކުރާ ކަމަށްވާ ނަމަ އެކަން ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ގުޅިގެން މާލޭގައި އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މާލޭގައި ކުރާ އެއްވެސް މުޒާހަރާއެއް، ނުވަތަ އެއްވުމެއް ވެސް ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް އޮކްޓޫބަރު، 2016 ގައި އިއުލާނަކުން ކަނޑައަޅާފައިވާނެ ކަމަށެވެ.

ކާނިވާ ސަރަހައްދުގައި އެއްވެ އުޅެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މީގެކުރިން ގާނޫނުގައި އޮންނަނީ ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ފިޔަވާ އެހެން ކޮންމެ ތަނެއްގައިވެސް އެއްވެ އުޅެވޭނެ ކަމަށެވެ.