ރާއްޖޭގައި ހަލުވިކަމާއި އެކުގައި އަދިވެސް ކޮވިޑް19 ފެތުރެމުން އަންނާތީ ދެވަނަ ލޮކްޑައުން އަކަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ލޮކްޑައުން އަކަށް ރާއްޖެ ނުގޮސްފި ނަމަ ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މީގެއިތުރުން ރާއްޖެއިން ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ ފަތުރުވެރިން ރާއްޖެއަށް ނައުމުގެ ބިރުވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުންޔާ މިފަދައިން ވިދާޅުވިއިރު ދުންޔާގެ ބައްޕާފުޅު އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ޕާޓީ އެމްއާރްއެމް އިން ވެސް އިއްޔެ ވަނީ ކޮވިޑް19 ރާއްޖޭގައި ފެތުރެމުން އަދިވެސް އަންނާތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ. އެގޮތުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނައުމަށް ވަނީ ގޮވާލާފައެވެ.
I wonder why the Government is hesitant to bring a second lock-down to bring #COVIDー19 under control. Our health system may quickly become over-whelmed. Tourists will only come once they have the confidence that we are handling the situation! @presidencymv @mabrouq @HPA_MV. https://t.co/vCLgOwm6Td
— Dunya Maumoon (@dunyamaumoon) July 27, 2020
ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ވަގުތު ކަމުގައި ދެކޭ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.
"މިނިވަން ދުވަސް އައިރު ރައްޔިތުންނަށް މިވަނީ، މިނިވަންކަމާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ހާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި. މި ހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތަށް ފަހިކޮށްދިނުމުގައި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށް ވުރެ ހަރުދަނާ ކުރުން މުހިއްމު ކަމަށް ދެކެން" އެމްއާރްއެމް އިން ބުންޏެވެ.