ގއ. ދާންދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ދާންދޫގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހާއަށް ހަމަލާދީ އެމީހާގެ ބުމަ ފަޅާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޒަހަމްވި މީހާއަކީ ދާންދޫ މީހެއް ނޫނެވެ. އެމީހާއަކީ އެރަށުގައި ހުރި މ. ކޮޅުފުށި މީހެކެވެ. އަދި އެމީހާ ޒަހަމްކޮށްލާފައި ވަނީ އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނު ކަމަށް ތުހުމަތުކޮށެވެ.