އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އަދި ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްތިތުންނަށް ސާފުވާން ބޭނުންތެރި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިއްމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
Ikhlaastheri vaadhaveri leader kan’daelhumakee vaadhaveringe kameh. Vaadhaverinnakee kobaikan vaadhaverinnah en’gi adhi e vaadhaveringe therein leader eh kan’da elhey goiy rayyithunnah saafuvun beynuntheri. Leader hunnavaa thanahvure, leader kan’daelhey goiy en’gun maa muhimmu
— Mohamed Nasheed (@MohamedNasheed) July 30, 2020
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލާފައި ވަނިކޮށެވެ. އެގޮތުން އިދިކޮޅުން ވެސް ވަނީ އިދިކޮޅު ކޯލިޝަންވެސް އޮތީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތައްޔާރަށް ކަމަށް ބުނެފައެވެ. އަދި އެ މަޝްވަރާއެއް އޮތީ ޖަލުގައި ނަމަ އެކަމަށްވެސް ތައްޔާރު ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވަނީ މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިގެން ކަމަށް ވިދާޅުވެފައެވެ.