ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގެ ބޭފުޅުންނާއި އެކުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި އަތޮޅުތެރެއިން މި ބައްޔަށް މީހުން ފައްސިވަމުން އަންނާތީ އެކަމާއި ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
އްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތައް އިތުރުވެފައިވާއިރު ހަފްތާއެއްގެ ތެރޭގައި 500އަށްވުރެ ގިނަ މީހުންނަށް ބަލި ވަނީ ޖެހިފައެވެ. މިކަން މިގޮތަށް ހިނގަން ފެށީ ލޮކްޑައުން ދިން ލުއިތަކާއި ގުޅިގެންނެވެ. އެގޮތުން އެންމެ ބޮޑަށް މިބަލި ފެތުރެމުން އަންނަނީ އޮފީސްތަކުގެ ތެރޭގައެވެ. އަދި މަސައްކަތުގެ އެހެން މާހައުލަތަކާއި ކޮފީ ޝޮޕްތަކުން ވެސް މި ބަލި އަންނަނީ ފެތުރެމުންނެވެ.
Today's HEOC discussions focussed on managing cases with the increase in infections, operational response at Atolls and further containment measures.@HPA_MV @ameenex pic.twitter.com/Am9cmnfvvj
— Ministry of Health (@MoHmv) August 1, 2020
މާލެ ސަރަހައްދުގައި މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުން އަންނާތީ މިއަދުން ފެށިގެން އާއްމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކު އަޅަންޖެހޭ ގޮތަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި މާސްކު ނާޅާ އުޅޭ ފަރާތްތައް 1،000 ރުފިޔާއިން ފެށިގެން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރާއްޖެ އިން މިހާތަނަށް 3،793 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިބަލީގައި މިހާތަނަށް 16 މީހަކު ވަނީ މަރުވެފައެވެ.