Last Updated: April 19, 16:45
Saturday, April 19, 2025
ޚަބަރު

މަރުވި މީހުންގެ އަދަދު 78 އަށް، ލުބްނާން ކުއްލި ހާލަތަށް

EDITORS NOTE: Graphic content / A picture shows the scene of an explosion near the the port in the Lebanese capital Beirut on August 4, 2020. - Two huge explosion rocked the Lebanese capital Beirut, wounding dozens of people, shaking buildings and sending huge plumes of smoke billowing into the sky. Lebanese media carried images of people trapped under rubble, some bloodied, after the massive explosions, the cause of which was not immediately known. (Photo by STR / AFP)

އިއްޔެ ލުބުނާންގެ ވެރިރަށް ބެއިރޫތްގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 78 އަށް އަރައި، އެގައުމުގައި ކުއްލި ހާލަތު ރައީސް، މިކަލް އައުން އިއުލާން ކުރައްވައިފިއެވެ.

ގޮވުމުގައި 4،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވާއިރު ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ކުރިއަށް އޮތް ދެ ހަފްތާއަށެވެ. ފުރަތަމަ ގޮވުން ގޮވާފައިވަނީ އުތުރު ހާބަރު ކައިރިންނެވެ. މިގޮވުމުގެ ބާރުގަދަ ކަމުން އެތައް މޭލު ދުރުގައި ތިބި އިމާރާތް ތަކާއި އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް، ޝޮކްވޭވްގެ ޒަރިއްޔާއިން ލިބިފައެވެ.

ގޮވުމުގެ ސީދާ ސަބަބު ދަނެގަނެވިފައިނުވި ނަމަވެސް، އޮފިޝަލުން ވަނީ ޕޯޓު ސަރަހައްދުގައި ގުދަން ކޮށްފައި ހުރި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓަކީ ގޮވުމާއި ގުޅުން ހުރި ކެމިކަލެއް ކަމަށް ބުނެފައެވެ. މީގެ ހަ އަހަރު ކުރިން އެތަނުގައި ގުދަން ކުރި މި ބާރުގަދަ ކެމިކަލްގެ 2،700 ޓަން އެތަނުގައި ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޮވުމުގައި ހޮސްޕިޓަލްތަކަށް ވެސް ގެއްލުންވެ ބަލި މީހުން އެޑްމިޓް ނުކުރެވި ހޮސްޕިޓަލްތައް ފުރެމުން އަންނައިރު މިކާރިސާގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް އޮފިޝަލުން އަންދާޒާ ކުރެއެވެ.

ލުބްނާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައިރި ގައުމުތަކުން މިހާރު ވަނީ އެގައުމާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.