ސ. މަރަދޫ ސިއްހީ މަރުކަޒު ފަޅާލައި ވައްކަންކޮށްފިއެވެ.
މަރަދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އަބްދުﷲ ޠޮއްޔިބު (ޓޮމް) ވިދާޅުވީ ސިއްހީ މަރުކަޒު ފަޅާލައި ވަގުން އެތަނުގެ ސާވާ އާއި، ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
މިއީ މިއަހަރު ތެރޭ މަރަދޫ ސިއްހީ މަރުކަޒު ފަޅާލި ދެވަނަ ފަހަރެވެ. މީގެ ކުރިން މޭއި 11 ވަނަ ދުވަހު ވަނީ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގާފައެވެ.
މަރަދޫ ސިއްހީ މަރުކަޒުން ވައްކަން ކުރުމާއި ގުޅިގެން މީގެ ކުރިން ޓޮމް ވިދާޅުވީ ވަގުންނަށް ފަސޭހައިން ވައްކަން ކުރެވެނީ އެތަނުގެ ވަށާ ފާރު ނުރޭނި ހުރުމުގެ ސަބަބުން ސެކިއުރިޓީ ނުބެލެހެއްޓިގެން ކަމަށެވެ. އަދި އެކަން ހައްލު ކޮށްދިނުމަށް ހެލްތު މިނިސްޓްރީއަށް ތަފާތު ފަހަރުމަތިން ދަންނަވާފައިވާ ކަމަށް ޓޮމް ވިދާޅުވިއެވެ.
މަރަދޫ ސިއްހީ މަރުކަޒުން ވައްކަން ކުރި މައްްސަލަ ގަން ޕޮލިސް ސްޓޭޝަނަށް މިހާރު ވަނީ ހުށަހަޅާފައެވެ.