Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ފޭސްބުކް ޕޯސްޓަކާއި ގުޅިގެން ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި

ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މީހަކު އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ވަޒީފާއިން ވަކި ކުރުމުން އޭނާ އަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ވަޒީފާއިން ވަކި ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޔުއުކޭޝަންގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އެފިސަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާ ކުރި ޕޯސްޓަކާއި ގުޅިގެން 2018ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނޯޓިސް އަކާއި ނުލާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅުމުން އެތަނުން ވެސް އޭނާގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް ހުކުމް ކޮށްފައެއް ނެތެވެ. ބަދަލުގައި 21،000 ރުފިޔާ ދިނުމަށް އެންގިއެވެ. އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް އޭނާއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަ ޖެހޭ ދުވަހާއި އެމަޤާމުގައި ހުރިނަމަ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ ހުކުމްކޮށްފައެވެ.