Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ސަރަހައްދުގެ ފުރަތަމަ "އެއާ ބަބްލް" ރާއްޖެއާ އިންޑިއާ ދެމެދު!

ކޮވިޑް19ގެ ސަބަބުން ބޭސްފަރުވާ އަށް އިންޑިއާ އަށް ދިއުމަށް ބޭނުންވާ ދިވެހިންނަށާއި އިންޑިއާ އިން ރާއްޖެ އައުމަށް ބޭނުންވާ ރައްޔިތުންނަށް ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމެއް ނިންމައިފިއެވެ.

"އެއާ ބަބަލް" ނުވަތަ "އެއާ ބްރިޖް"ގެ ސަބަބުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދެގައުމުގެ ދޭތެރޭގެ މަޑުޖެހިފައިވާ ވައިގެ ގުޅުން އަލުން ފެށިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"އެއާ ބަބަލް" ގެ ދަށުން އިންޑިއާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. މި އިންތިޒާމުގެ ދަށުން ކުރާ ފުރަތަމަ ދަތުރު މިމަހުގެ 18 ވަނަ ދުވަހު ދިއްލީ އާއި ޓްރިވެންޑްރަމް އިން މާލެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

ދިވެހިރާއްޖެއަކީ އިންޑިއާއިން މިފަދަ "އެއާ ޓްރެވެލް ބަބަލް" އެއް ގާއިމްކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ. މިއީ ކޮވިޑް19 އަށް ފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބްލްވެސް މެއެވެ.