ސ. ފޭދޫގެ ބައެއް މިސްކިތްތަކަށް ތަކުރާރުކޮށް ބޮޑުކަމުދާ މީހާ މިހާރު އާންމުކޮށް ގޮސް އުޅޭ މިސްކިތުގެ މަސައްކަތުގެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އޭނާ ހަމަލާދީގެން އަނިޔާވެފައި ވަނީ ފޭދޫ ހިރާ އަލިފުތާއަށެވެ. މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ވެސް ކުރަން ފަށާފަ އެވެ.
މިސްކިތަށް ބޮޑުކަމުދާ މީހާ މަސައްކަތު މީހާ އަށް ފުރަތަމަ ހަމަލާ ދިނީ މިސްކިތުން ފައިބައިގެން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.
އަދި އޭނާ ފުރަތަމަ އަލިފުތާ އަށް ހަމަލާ ދިނީ އަތުގައި އޮތް ކުޑައަކުން ކަމަށާއި އޭގެ ފަހުން ގަލަކުން ވެސް ހަމަލާ ދިން ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާ އާ ގުޅިގެން އަލިފުތާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސް ޒަހަމްވެފައިވާ އިރު، މި މައްސަލަ މިހާރު ވަނީ ދެ އާއިލާ ދެމެދުގެ ބޮޑު މައްސަލަގަނޑަކަށް ވެސް ވެފައި ކަމަށްވެ އެވެ.