މިހާތަނަށް 340 މިލިއަން އަށްވުރެ ގިނަ ރުފިޔާ މަތީ ތައުލީމަށް ހަރަދު ކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހިލޭ ޑިގްރީ ޕްރޮގްރާމަށް 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 5،155 ދަރިވަރަކަށް އެ ލޯނު ފޯރުކޮށްދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.
ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި ސްޓޫޑަންޓު ލޯނާއި ސްކޮލަޝިޕްތަކުގެ އެކިއެކި ފުރުސަތުތަކަށް މިހާތަނަށް 205.2 މިލިއަން ރިފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ސްޓޫޑެންޓް ލޯނު 763 ދަރިވަރަކަށް ދީފައިވާއިރު 272 ދަރިވަރަކަށް ސްކޮލަޝިޕް ވަނީ ދީފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2018ވަނަ އަހަރުން ފެށިގެން މިހާތަނަށް މަތީ ތައުލީމުގެ ފުރުސަތުތަކަށް 341 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިވެހިންނަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ، ގާބިލް ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބަޖެޓްގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި ވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.