ޖަޕާނު ސަރުކާރުން 43 މިލިއަން ރުފިޔާގެ ތަކެތި ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި އެހީ ޖަޕާނު ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޮ ޔަނައިއެވެ. އެތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
މި ތަކެއްޗަކީ މެރިޓައިމް ޕޮލިއުޝަން ރެސްޕޯންސް ވަރުގަދަ ކުރުމަށް ބޭނުންވާނެ ސާމާނުތަކެކެވެ.
މިތަކެއްޗަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އާއި ޖަޕާނުގެ ސަރުކާރާ ދެމެދު ސޮއި ކުރި "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން ދިން އެހީއެކެވެ.
ޖަޕާނު ސަރުކާރުން 43 މިލިއަން ރުފިޔާގެ ތަކެތި ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.