ގދ. ތިނަދޫ އިން ސަރުކާރުން އިމާރާތް ކޮށްފައިވާ 120 ފްލެޓުގެ ތެރެއިން ދޫނުކޮށް ހުރި 15 ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ހުޅުވާލައިފައިވާނެ ކަަމަށެވެ. އަދި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
ތިނަދޫ ކައުންސިލުން ބުނެފައި ވަނީ ފްލެޓުތަކަށް ކުރިމަތިލާ އުސޫލު އެ ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑުގައި ހަރުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ތިނަދޫ ކައުންސިލްގެ ވެބްސައިޓުން އެ އުސޫލު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެ ކަމަށް ތިނަދޫ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.
ތިނަދޫ ކައުންސިލުން ބުނީ މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަންނަނާނެ ކަމަށެވެ. ފްލެޓުތަކަށް ކުރިމަތިލެވޭނީ އަންނަ މަހަހުގެ އެއްވަނަ ދުވަހުގެ ކުރިން އެރަށުގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.