Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ގަން އެއާޕޯޓަށް މިދިޔަ އަހަރު 60 މިލިއަން ރުފިޔާގެ ގެެއްލުމެއް!

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު 60 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިފައިވަނީ 65،030،122 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރު ކުންފުނި ހިންގުމުގެ ހަރަދަށް 101،951،807 ރުފިޔާ ހަރަދުކޮށްފައިވާ އިރު މިދިޔަ އަހަރު ގަން އެއާޕޯޓު ކުންފުންޏަށް ވަނީ 60،338،985 ރުފިޔާގެ ގެއްލުންވެފައެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރު އެކުންފުންޏަށް ވަނީ 84.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

ސަރުކާރުގެ 50 އިންސައްތަ ހިއްސާއާއި، އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާއައި، އެސްޓީއޯގެ 10 އިންސައްތަ ހިއްސާއާއި ކާސާ ހޯލްޑިންގްސްގެ 30 އިންސައްތަ ހިއްސާ އާއި އެކު އުފައްދާފައިވާ މި ކުންފުންޏަކީ ފާއިތުވި އަހަރުތަކުގައިވެސް ބޮޑެތި ގެއްލުންތަކެއް ވަމުން އައި ކުންފުންޏެކެވެ.