ގއ. ވިލިނގިލި މަސް ދޯންޏަކުން މަހަށް ދިޔަ ބިދޭސީއަކު ފިޓު ޖެހިގެން މަރުވެއްޖެއެވެ.
ވިލިނގިލި ހޮސްޕިޓަލުން ބުނީ އެމީހާ އަށް ފިޓު ޖެހިގެން މެންދުރު އެ ހޮސްޕިޓަލަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދޯންޏަށް ވިލިނގިއްޔަށް ވަދެވުނީ ހަވީރު ވަނިކޮށް ކަމަށެވެ.
ހޮސްޕިޓަލަށް ގެނައި އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލުން ބުނީ ފިޓު ޖެހިގެން މަރުވެފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެއް ކަމަށެވެ.