ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިރޭ 8:02 ހާއިރު ކޮވިޑު-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުންދަނިކޮށް 62 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މި މީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިރޭ މަރުވި ބިދޭސީ މީހާއަކީ މިމަހުގެ 16 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވިވި މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރޭ ފަތިހުވެސް ވަނީ ކޮވިޑު-19ގައި ދިވެހި ފިރިހެނަކު މަރުވެފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑު-19 ޖެހިގެން 26 މީހަކު ވަނީ މަރުވެފައެވެ.