ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓު ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވަނީ ފްލެޓު ލިސްޓު ލިބުނު މީހުންގެ ކެޓަގަރީތައް އިއުލާންކޮށްފައެވެ. މިހާތަނަށް މި ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ވަނީ ހަތަރު ކެޓަރީކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ.
ހަތަރު ކެޓަގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް
H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)
H5 (ޓީޗަރުންނަށް ޚާއްސަ)
H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)
ފްލެޓު ކޮމެޓީން ވަނީ މި ފްލެޓުތައް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުވެސް ހާމަކޮށްފައެވެ.
ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީ އިން ޑިސްކޮލިފައި ކޮށްފައެވެ. ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ.