Last Updated: November 24, 10:30
Sunday, November 24, 2024
ޚަބަރު

ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުން ޖަވާބު ދޭނެ ދުވަސް އަންނާނެ

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، ފޮޓޯ: އަވަސް

ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުން ޖަވާބު ދޭނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 މެނޭޖު ކުރުމަށްވާ އިހުމާލާ ހިޔާނާތާއި އަދި މިހާރުވެސް ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ "ފޯކަސް" އަނބުރާލުމަށް އެތައް ހާސް ރައްޔިތުންގެ ބޯހިޔާވަހިިކަމުގެ ހައްގު ނިގުޅައިގަތުމުން ޖަވާބު ދާރީވާން ޖެހޭނެ ދުވަސް އަންނާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު ވަނީ އާއްމުކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓު ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވަނީ ފްލެޓު ލިސްޓު ލިބުނު މީހުންގެ ކެޓަގަރީތައް އިއުލާންކޮށްފައެވެ. މިހާތަނަށް މި ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ވަނީ ހަތަރު ކެޓަރީކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ.

ހަތަރު ކެޓަގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް

H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)
H5 (ޓީޗަރުންނަށް ޚާއްސަ)
H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)

ފްލެޓު ކޮމެޓީން ވަނީ މި ފްލެޓުތައް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުވެސް ހާމަކޮށްފައެވެ.

ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީ އިން ޑިސްކޮލިފައި ކޮށްފައެވެ. ހުރިހާ ލިސްޓްތަކަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި ޝަކުވާ ހުށަހަޅަން ޖެހެނީ ފްލެޓް ކޮމިޓީގެ ހާއްސަ ޕޯޓަލްއަކަށެވެ.