ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ފަރާތްތަކާއި ގުޅޭ އެއްވެސް ޝަކުވާއެއްވާ ނަމަ، މި މަހުގެ 26 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެޗްއާރްސީއެމް އަށް އައްޔަން ކުރައްވަން ނަންތަކެއް މަޖިލީހަށް ފޮނުއްވީ އެޗްއާރްސީއެމްގެ ތިން މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އާއި އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަން ކުރައްވަން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ 8 ބޭފުޅެއްގެ ނަން މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް އިއުލާން ކުރެއްވިއިރު އެ ނަންތައް ދިރާސާާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ވަނީ ފޮނުއްވާފައެވެ.
އެޗްއާރްސީއެމް އަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި 8 ނަމަކީ:
1- މަރިޔަމް ލައިޒާ / ހ.ފެހިއާލާ
2- އަލްއުސްތާޛު އިބްރާހިމް ޒާހިދު / ލިލީމާގެ، ގދ.ވާދޫ
3- ޑރ.އަދުހަމް އަބްދުﷲ / މއ.މާވެޔޮގެ
4- އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު / ޑޯރެންސީވިލާ، ސ.ފޭދޫ
5- ހުސެއިން އަމްރު / ވ.ރޯށަން
6- މުއުމިނާ ވަހީދު / މ.ޖީއެނާ
7- އަޒްލީމާ އަހުމަދު / ދަފްތަރު ނަމްބަރު ރސ: 314/94
8- މުހައްމަދު ފައުޒީ / ބަހާރުމާގެ، ގއ ވިލިނގިލި