Last Updated: November 23, 09:08
Saturday, November 23, 2024
ޚަބަރު

ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުމަށް ބިން ކަނޑައަޅައިފި

ކުޅުދުއްފުށި ހޮސްޕިޓަލް -- ފޮޓޯ / ސަން

ކުުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށްޓަކައި ކުޅުދުއްފުށީ ކައުންސިލުން ބިން ހަމަޖައްސައިދީފި އެވެ.

ކުޅުދުއްފުއްޓަކީ ޖާގައިގެ ގޮތުން ދަތި ރަށަކަށްވުމުން، އެ މަސައްކަތްކުރުމަށް ސަރުކާރުން ބޭނުންވި ވަރުގެ ބިމެއް ހަމަނުޖެހުނަސް، ކައުންސިލުން ވަނީ ހޮސްޕިޓަލް އިމާރާތް ކުރުމަށް 130,493 އަކަފޫޓުގެ ބިމެއް ކުޅުދުއްފުށީގެ ހިއްކި ބިމުން ހަމަޖައްސާދީފައެވެ. އަދި އެކަމަށް މަޝްވަރާ ކުރެވެން ފެށިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

100 އެނދާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްފިޓަލަކަށް ހެދުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ފަހު ކޮޅުގައެވެ. އާ އިމާރާތަކާއެކު، އެ ހޮސްޕިޓަލުން ޓާށަރީ ފެންވަރުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރޭގައިވެސް ގިނަ އަދަދަކަށް ސްޕެޝަލިސްޓުން ހިމެނެއެވެ.