ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އަދި އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ފްލެޓު ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާ ތަކަށް ބަލާނެ ކަމަށެވެ.
ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ އެކަން ހުށަހެޅުމަށް ފްލެޓު ކޮމެޓީން ބުނެފައިވެއެވެ.
މި މަހުގެ 24ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ފްލެޓު ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވަނީ ފްލެޓު ލިސްޓު ލިބުނު މީހުންގެ ކެޓަގަރީތައް އިއުލާންކޮށްފައެވެ. މިހާތަނަށް މި ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ވަނީ ހަތަރު ކެޓަރީކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ.
ހަތަރު ކެޓަގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް
H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)
H5 (ޓީޗަރުންނަށް ޚާއްސަ)
H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)
H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)
ފްލެޓު ކޮމެޓީން ވަނީ މި ފްލެޓުތައް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުވެސް ހާމަކޮށްފައެވެ.
ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު ޖުމްލަ 111 މީހަކު ވަނީ ހަތަރު ކެޓަގަރީ އިން ޑިސްކޮލިފައި ކޮށްފައެވެ.