މި ސަރުކާރުން ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހަދަނީ ދޮގު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން ދިވެހިރާއްޖެ ދަރަނީގެ އަޅުވެތިކަމަށް ވެއްޓުނު ކަމަށެވެ. މިއަދު އެބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން މި ސަރުކާރުން ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެ ހަދަނީ ދޮގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Our reluctance to level with the Maldivian people & state plainly how Prez Yameen’s deals with China left us in a debt trap, is allowing opposition to spin things & wrongly accuse us of “selling the country”. Prez YAG’s deals has left us in a Chinese debt trap.
— Mohamed Nasheed (@MohamedNasheed) September 1, 2020
ރައީސް ނަޝީދު މީގެކުރިންވެސް ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އާއްމު ގޮތެއްގައި އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް ޗައިނާ ސަފީރު ވަނީ ރައްދުވެސް ދެއްވާފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ މިފަހަކަށް އައިސް "ގައުމު ވިއްކާލުމާއި" ދެކޮޅަށް ކަމަށް ބުނެ މުޒާހަރާތައް ވެސް ކުރިޔަށް ގެންގޮސްފައެވެ. އެ މުޒާހަރާތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންގޮސްފައިވާއިރު އެތައް ބަޔަކު ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމަށް ވަނީ ނިކުމެފައެވެ.