ހުޅުމާލޭގައި އިމާރާތެއްގެ ތިންވަނަ ފަންގިފިލާ އިން ބަންގްލަދޭޝް ރައްޔިތަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލޭގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިންވަނަ ފަންގިފިލާ އިން ބަންގްލަދޭޝް މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ހާލަތު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަން ހިނގައިދިޔަ ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.