ކޮވިޑު-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 74 މީހަކުކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ އާއްމު ކުރި ކޮވިޑު-19ގެ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން ރާއްޖެއިން މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 59 ދިވެހިންނާއި 15 ބިދޭސީއެކެވެ.
✳️ COVID-19 Case Updates
As of 08.09.2020, 06:00 PM
Confirmed an additional 74 cases of COVID-19 infections in Maldives
– 59 locals
– 15foreignersTotal number of cases: 8,741 pic.twitter.com/L6Xuv33AXe
— Health Protection Agency (@HPA_MV) September 8, 2020
ރާއްޖެއިން ކޮވިޑު-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ އާއި މިއަދު މިވަނީ ދަށްވާން ފަށާފައެވެ. އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 83 މީހެކެވެ.
އެޗްޕީގެ ތަފާސް ހިސާބުތަކުން ދަށްކާގޮތުގައި މިވަގުތު ރާއްޖޭގައި ބަލިޖެހިފައިވާ 2549 މީހަކު އެބަތިއްބެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން 29 މީހަކު ވަނީ މަރުވެފައެވެ.