Last Updated: May 11, 17:05
Sunday, May 11, 2025
ރިޕޯޓް

އައްޑޫގައި ހަދަނީ މިލިޓަރީ ބޭސްއެއްތަ؟ ނޫނީ ލޯ އެންފޯސްމަންޓު ކޮލެޖެެއްތަ؟

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިތަދޫ އާރުއޭއެފް ސަރަަހައްދުގައި ހަދަމުން އަންނަ ބިޔަ އިމާރާތަކީ މިއަދު ދިވެހިންގެ ތެރޭގައި ބަހުސަކަމަށް ވެފައިވާ އިމާރާތެކެވެ.

ހާއްސަކޮށް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މި އިމާރާތް ސިފަ ކުރަނީ ދިވެހިންގެ މިނިވަންކަން ގެއްލިގެން ހިގައިދާނެ ފަދަ ތަނެއްގެ ގޮތުގައެވެ. އެމީހުން ކިޔާ ގޮތުން މިތަނަކީ އިންޑިއާގެ މިލިޓަރީ ބޭހެކެވެ. އަދި މިއީ ރާއްޖެއަށް އިންޑިއާގެ އަތް ގަދަ ކުރުމަށް އައިސް ތިބޭނެ މައި މަރުކަޒެވެ.

"އިންޑިއާ އައުޓު" ނަމުގައި އިދިކޮޅުން ކެމްޕެއިނެއް ފަށާފައިވާ އިރު މި އިމާރާތާއި ގުޅޭ ގޮތުން ތަފާތު ގޮތްތަކަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެހެންވެ މިތަނާއި ގުޅޭ މައުލޫމާތު ހޯދައި، މިކަމުގައި އެކި ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތައް ގެނެސްދެވޭތޯ ބަލާނަމެވެ.

"ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް" ގެ ފެށުން

ދިވެހި ރާއްޖޭގައި ގައުމީ ޕޮލިސް އެކަޑަމީއެއް ހެދުމަށް ދިވެހި ސަރުކާރުން އަވައްޓެރި އިންޑިއާގައި އެދުމާއި ގުޅިގެން 2012 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑިއާ އާއި ދިވެހި ސަރުކާރާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. 282 މިލިއަން ދިވެހި ރުފިޔާގެ މި އިމާރާތް އެޅުމަށް އިންޑިއާ އެކު އެއްބަސްވީ އިރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.

ހޯމް މިނިސްޓަރަކަށް ހުންނެވީ މިއަދު "އިންޑިއާ އައުޓު" ހަރަކާތަށް ތާއިދު ކުރައްވައި ކެމްޕެއިން ކުރައްވަމުން އަންނަ ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުއެވެ.

އިންޑިއާ އާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު މި އެކެޑެމީ އެޅުމަށް ސަރުކާރުން ނިންމީ ޅ. ދިއްފުޝިމައިދޫ ގައެވެ. އަދި މި މަޝްރޫއު ރާވާ، ޑިޒައިންކޮށް، ސުޕަވައިޒް ކުރުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އެސް.އޯ.އީ އެއް ކަމަށްވާ ނެޝަނަލް ބިލްޑިންގް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެން.ބީ.ސީ.ސީ) އާއި ހަވާލުކުރުމަށް އިންޑިއާ ސަރުކާރުން ނިންމިއެވެ.

މި އެމް.އޯ.ޔޫ ގެ ދަށުން މަޝްރޫއުއަށް ބޭނުންވާ ފަންޑު އަދި ޓެކްނިކަލް އެކްސްޕާޓުން އިންޑިއާއިން ފޯރުކޮށްދިން ނަމަވެސް، އެކެޑަމީ ބިނާ ކުރާނެ ސައިޓް ކަނޑައެޅުމާއި، އެކެޑަމީގެ ފެސިލިޓީތަކާއި އެހެނިހެންވެސް ބައިތައް އެކުލެވޭހެން ކޮންސެޕްޓް ޑީޓެއިލްތައް ކަނޑައަޅާ ހިއްސާކޮށް، އިންޑީއާއިން ގެންނަ ކޮންޓްރެކްޓަރުންނާއި އިންޖިނިއަރުން އަދި މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެކެވެ.
މަޝްރޫއުގެ ސައިޓް އެކި ފަހަރުގެ މަތިން ބަދަލު ވުމަށްފަހު، އެކެޑަމީ އަޅާނެ ބިން ކަނޑައެޅި އެލޮކޭޓް ކުރެވުނީ 2014 ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ޔާމީން އަބްދުލް ގައްޔޫމްއެވެ. ހޯމް މިނިސްޓަރަކީ އުމަރު ނަސީރުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އަގުގެ އެސްޓިމޭޓް އިސްލާހުކުރެވި، ޕޮރޮޖެކްޓުގެ އަގު 385 މިލިއަން ދިވެހި ރުފިޔާއަށް ބޮޑުވެގެން ދިޔައެވެ. އަދި ޓެންޑަރ ކުރުމަށް ފަހު، ޖޫން 2016 ގައި އެން.ބީ.ސީ.ސީ އިންވަނީ މަޝްރޫއުގެ މަސައްކަތް އަމިއްލަ ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައެވެ. މަސައްކަތުގެ ސައިޓް ހަވާލުކުރެވި ފައިވަނީ ޑިސެމްބަރ 2016 ގައެވެ. އަދި އޭގެފަހުން ޖުލައި 2017 ގައި ދިވެހި ސަރުކާރުން ވަނީ ކޮންޓްރެކްޓަރ ހުށައެޅި ކުރެހުންތަށް އެޕްރޫވް ކޮށްދެއްވާފައެވެ. މަޝްރޫއުގެ މަސައްކަތް ސައިޓުގައި ކުރެވެން ފެށީ މިހިސާބުންނެވެ.

މި މަޝްރޫއުގައި މަސައްކަތް ކުރާ އިންޖިނިއަރުންނާއި ހުނަރުވެރި މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމުގައި 2017 ވަނަ އަހަރު އާއި 2018 ވަނަ އަހަރު ގިނަ ދަތިތަކާއި ކުރިމަތިވިއެވެ. އަދި އަނެއްކާވެސް މަޝްރޫއުގެ ކޮސްޓް އެސްޓިމޭޓް އިތުރުވެ ޕޮރޮޖެކްޓުގެ އަގު 508 މިލިއަން ރުފިޔާއަށް އުފުލުނެވެ.

ނަމަވެސް ޑިސެމްބަރ 2018 އިން ފެށިގެން މަޝްރޫއުގެ މަސައްކަތް ވަނީ އޮމާންކަމާއި އެކު ކުރިއަށް ގެންދެވި، 80 އިންސައްތައަށް ފުރިހަމަ ކުރެވިފައެވެ. އެޑްމިން އިމާރާތް، ފިރިހެން ފެކަލްޓީ، ފިރިހެން ބެރެކްސް، އަންހެން ފެކަލްޓީ، އަންހެން ބެރެކްސް، ނަމާދު ކޮޓަރި، ސްވިމިން ޕޫލް، ޖިމް، ގެސްޓް ހައުސް އަދި 3 ބެޑްރޫމާއި 4 ބެޑްރޫމްގެ ބަންގަލޯ ތަކުގެ ސްޓްރަކްޗަރަލް މަސައްކަތް ނިމި، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިން (އެމް.އީ.ޕީ) ގެ މަސައްކަތާއި ފިނިޝިންގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މިއީ އިންޑިއާއިން ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ގްރާންޓް މަޝްރޫއުއެވެ. މަސައްކަތް ފުރިހަމަ ކުރެވި ބޭނުންކުރެވެން ފެށުމުން ޒަމާނީ އަދި ސްޓޭޓް-އޮފް.ދި.އާޓް މި އެކެޑެމީގައި ދިވެހި ފުލުހުންގެ އެތައް ޖީލަކަށް ތަމްރީނު ލިބިގެންދާނެއެވެ. އަދި 300 އަށް ވުރެ ގިނަ ފުލުސް ޓްރެއިނީ އިންނަށާއި ޓްރެއިނަރުންނަށް ތިބެވޭނެ ގޮތައް ބިނާކުރެވިފައިވާ މި އެކެޑަމީގެ ސަބަބުން އައްޑޫ ސިޓީގެ އިގްތިސާދުވެސް ކުރިއަރައިގެން ދާނެއެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި، ޑިސެމްބަރ 2020 ގައި ދިވެހި ސަރުކާރާއި ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އެއާއި އެކު މި އިމާރާތަކީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒްގެ ނަމުގައި ދިވެހި ފުލުހުން ތަމްރީނު ކުރެވޭ މަރުކަޒަށް ވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ 3ކޮމެންޓް

ކައްޓަލަ

ވަށައިގެން ހުރި ގައުމުތަކަށް ބަލާ، ތިކަހަލަ ތަންތަން އިންޑިއާއިން ހަދަނީ "ދެގައުމުގެ ސިފައިންގެ" ބޭނުމަށޭ ކިޔާފަ. ތިޔައީ ރާއްޖޭގަ އެކަނި ކުރާކަމެއްނޫން. ތިކަން ކުރާ ސަބަބު ފެންނާނެ މިހިސާބު އެހެން ގައުމުތަކުގަ އިންޑިއާއިން ޖަހާ ތިކަހަލަ ސަކަރާތް ބަލާލީމަ.

ބޮނޑަގޭ ތުއްތު ދީދީ

މިއީ ކުޑަކުއްޖަކަށްވެސް އެގޭފެންވަރަށް ދޯ މިތަން މިހަދަނީ.. 2 ފޫޓު ފުޅާ މިނުގެ ކޮންކްރީޓްގައި ވަށައިގެން ބޮޑު ބިޔަ އިމާރާތް އަޅާ ކަނޑު އެތަނަށް އެކްސަސްވެވޭގޮތަށް އެހަދަނީ..

ސިފައިންގެ މައި އިމާރާތްވެސް ވުރެން މާ ވަރުގަދަ ސިކުއަރކޮށް މިހަދަނީ.. ކޮބާ ޓްރޭނިގްތަނަކަށް އެވެސް ބޭރުގައިގުމެއް ގައި ހިލޭ ސާބަހަށް ހަދާ ތަނަކަށް މިވަރުގެ ޚަރަދެއްކޮށްފާނެ ކަމަށް ބެލުމަކީވެސް މޮޔަވިސްނުމެއް..

ދެވަނަ ކަމަމީ ލޮކޭޝަންގެ ގޮތުން އިގިރޭސިންވެސް ގަމުގައި ތިބިއިރުވެސް މި ލޮކޭޝަން މުހިއްމު ވީމަ ދޯ މިތަނުގައި ބޮޑު ބަހައްޓާ އެމީހުންގެ ރާޑަރު މިތަނުގައި ބެހެއްޓީ.؟

ޓްރޭނިން ސްކޫލު ކީއްވެ ގިރިފުށީގަިއ ނޭޅީ.. އައްޑޫގައި ތަންތަން ހަދަ މަވެސް ބޭނުން އެކަމަކު މިގޮތަކަށް ނޫން

3 ވަނަ ކަމަކީ އައްޑޫގައި މިހަދާ ތަނުގެ އެކްސަސް މިއޮންނަނީ މުޅީން ޚާލިސް ކޮށް އިންޑިޔާ މިހުންގެ ކޮންޓްރޯލުގަިއ

އެމީހުން ބޭނުން ގޮތަކަށް މިތަނުގައި އުޅެވޭގޮތަށް މީހުން އުޅޭ ނެ ފެސިލިޓީއާއި މިލްޓްރީ ކޮމާންޑް ސެންޓަރާޢި ބހަތިޔާރު ބަހައްޓާނެ ގުދަންތަކާއި މިހަދަނީ.. ކީއްކުރަން..؟

މަށެއް ބޭނުން ނޫން މަގޭ ކާފަދަރީންނަށް ކަށްމީރު މީހުން އެއުފުލާ ވޭންތަހައްމަލުކުރަން.. ކަޝްމީރުގެ މުސްލިމުން ނަށް އިންޑިޔާއިން ކުރާ އަނިޔާ ފެނެއެއް ނޫންތޯ

އިންޑިޔާގެ މަގުމަތީގައި މުސްލިމުން ތަޅާ މަރާތަންވެސް މިހާރަކަށް އައިސް ފެންނަލެއް މަދެއްނޫން.. މިސްކިތް ތައް ތަޅާ ފައްޅި އެޅުމަކީ ސީދާ ދައުލަތުން ހިންގާ ޕްރޮޕަގަނޑާ..

މިފަދަ ހާލަތަކަށް އައްޑޫ ވާކަށް މަށަކަށް ހީނުވޭ އައްޑޫ އަށް ނިސްބަތްވާ އެއްވެސް ދަރިޔަކު އެދޭނެ ހެން..

އާދޭސް މިދަންނަވަަނީ.. ދައުލަތުން މި މިލްޓްރީ ބޭސް އިންޑިޔާގެ މީހުން އަތުން ނަގާ.. ހެޔޮ ބޭނުްން ދުވަހަކަށް ވެރިކަމުގައި ތިއްބަވާ.. ކޮންމެ ޕާރޓީއެއްވިޔަސް ހެޔޮ..

އެކަމަކު އައްޑޫއިން އިންޑިޔާ މީހުން ބާލަދެއްވާ.. އެބަޔަކަށް އަހަރުމެން ގެ ފުރިހަމަ ތާއީދު އޮންނާނެ..

ވެރިކަމަކީވެސް ބާރަކީވެސް މިނިވަންކަމާއި ގުޅިފައިވާ ކަންކަން.. މިނިވަކަން ނެތުނީ މަ ތި އުޅޭ ވެރިކަމެއްވެސް އަދި ބާރެއްވެސް ނުލިބޭ.. އަޅުވެތިވެފައި ހިތް ދަތި ކަމުގައި އުޅެންޖެހޭނެ..

ޕްލީސް މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުން މިކަން ހައްލު ކޮށްދެއްވާ އާދޭސް މިދަންނަވަނީ

މުހައްމަދު

އެޅަ ކޫދަކާށަސް އެނގޭހެއް ތޭ މިލިޓަރީ ކޭމްޕައް ކަން