Last Updated: November 30, 06:26
Saturday, November 30, 2024
ސިއްހަތު

ނިހާދު އެޓެންޑެންސް މެޝިނެއް ހަދިޔާކޮށްފި

ނިހާދު(ކ) މެޝިން އިހްތިޝާމާ ހަވާލު ކުރަނީ. ފޮޓޯ/ ސިއްހީ މަރުކަޒު

ސ. ފޭދޫ ސިއްހީ މަރުކަޒަށް ފޭދޫގެ އަމިއްލަ ރައްޔިތަކު އެޓެންޑެންސް މެޝިނެއް ހަދިޔާކޮށްފި އެވެ.

މި މެޝިން ހަދިޔާކޮށްފައި ވަނީ އެމްޑީޕީގެ ވަރަށް އިސް ހަރަކާތްތެރިއެއް ކަމަށްވާ ފޭދޫ ސިވިލައިޒޭޝަން ހައުސް އަބްދުﷲ ނިހާދެވެ.

މި މެޝިނާ ސިއްހީ މަރުކަޒުގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ އެތަން ހިންގެވުމާ ހަވާލުވެ ހުންނެވި އިހުުތިޝާމް ނަޖީބެވެ.

ސިއްހީ މަރުކަޒުގެ އޮފިޝަަލަކު ވިދާޅުވީ އެޓެންޑެންސް މެޝިން ބޭނުން ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މުވައްޒަފުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް ސިއްހީ މަރުކަޒުން ބުންޏެވެ.

ދާދި ފަހުން ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ ސިފަ އިން ވެސް ވަނީ 300،000ރ. އަށް ވުރެ ގިނަ މެޑިކަލް އިކްޕްމަންޓް ފޭދޫ ސިއްހީ މަރުކަޒަށް ހަދިޔާކޮށްފަ އެވެ.
އަދި ޖުމްހޫރީ ގުުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް ވަނީ ފައިސާގެ އެހީ އާއި މެޝިނެއް ސިއްހީ މަރުމަޒަށް ހަދިޔާކޮށްފަ އެވެ.