ކޮވިޑު-19 އަށް ފާއިތުވި 24 ގަޑިއިރު ތެރޭ 85 ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން 85 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި 82 މީހަކާއި އަތޮޅު ތެރޭން ބަލި ޖެހުނު 3 މީހުން ކަމަށެވެ.
✳️ COVID-19 Case Updates
As of 15.09.2020, 06:00 PM
Confirmed an additional 85 cases of COVID-19 infections in Maldives
– 46 locals
– 39 foreignersTotal number of cases: 9,328 pic.twitter.com/Bulz5l7vDF
— Health Protection Agency (@HPA_MV) September 15, 2020
ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިވަނީ 9328 އަށް އަރާފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 7729 މީހުން ރަނގަޅުވެފައިވާ އިރު މިވަގުތު ބަލި ޖެހި ފަރުވާ ދެމުން ދަނީ 1560 މީހަކަށެވެ.
އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ 111 މީހަކަށް ހޮސްޕިޓަލު ތަކުގައި ފަރުވާދެމުން އަންނަ އިރު 767 މީހަކަށް ކޮވޮޑު ފެސިލިޓީ ތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބަލި ޖެހިގެން 33 މީހަކު ވަނީ މަރުވެފައެވެ.