ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރައީސްކަން ބޭނުންފުޅު ނުވާ ކަމަށާއި، މިހާރު ބޭނުންފުޅު ވަނީ ބޮޑު ވަޒީރުކަން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ހަބަރު ސިޓީގެ ބުދަ ދުވަހުގެ އަދަދުގައި ރާއްޖޭގެ ރައީސަކަށް ވާން ދެން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ޝެއިޚް ޒައިދުގެ ޓްވީޓްގައި އެ ބޭފުޅާވަނީ ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވާފައި ހުރީ 5 އަހަރަށް ކަން ހަނދާން ކޮށްލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި 5 އަހަރުވެސް ރައީސަށް ޖެއްސުންކުރާ ތަން ފެނުމީ ލަދުވެތިކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.
Tedheh Raees kan beynunfulheh nuvey! Mihaar beynun fulhuvany BODUVAZEER kan! Namaves Raajje ge Rayyithun Raeesul jumhooriyyaa aku hovaafai hury 5 aharah kan handhaankollan jehey! Eiy gina baehge aghlabiyyathun! Namaves mi 5 aharuves R ah jessun kuraa thah fenumy ladhuvethi kameh.
— Ali Zaid (@alizaid1000) September 16, 2020
https://platform.twitter.com/widgets.js
ނަޝީދު ހަބަރު ސިޓީގައި ވިދާޅުވީ މިހާރު އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އެމަނިކުފާނަށް ދެއްވާފައިވާ އެންމެ ބޮޑު މަގާމަކީ ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.