ކޮވިޑް19 ގެ ސަބަބުން ބަންދުކޮށްފައި އޮތް އެމްޓީސީސީ ބޯޓުޔާޑުގެ މަސައްކަތް އަލުން ފެށުމަށް އެތަން އަލުން ހުޅުވާލަން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ބޯޓުޔާޑު މި މަހުގެ 20ވަނަ ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި މިހާރު ވަމުން ދަނީ ބޯޓުޔާޑު އާއްމުންނަށް ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެމްޓީސީސީ އިން ބުނީ ބޯޓުޔާޑޫ ހުޅުވާލުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އެކަށައަޅާފައިވޭތޯ ބަލާނެ ކަމަށެވެ. ތިލަފުށީގައި ގާއިމްކޮށްފައިވާ މި ބޯޓުޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ.
މި ބޯޓުޔާޑަކީ ރާއްޖޭގައި ޑޮކިންގް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑު ވެސްމެއެވެ. މިތަނަކީ 2017ވަނަ އަހަރު ހިދުމަތް ދިނުމަށް ފަށާފައިވާ ތަނެކެވެ.