ކުރިޔަށް އޮތް އޭލެވަލް އިމްތިހާނުގައި ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރަށް އަންނަ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އެދިއްޖެއެވެ.
ކޮވިޑް19 ވައިރަހުން ރައްކާތެރިވެ ތިބުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަން ޖެހުމުގެ ސަބަބުން މިއަހަރުގެ މެއި އަދި ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ޕަބްލިކް އެގްޒަމިނޭޝަން އިން މިއަދު ބުނެފައި ވަނީ އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން އެ ކެނޑިޓޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިއުމަށް އެދޭ ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް ވަނީ އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ އެ ޔުނިވާސިޓީ އިން ބާއްވާ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ކެމްބްރިޖް ޔުނިވާސިޓީން ބުނެއެވެ. އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވާނެކަމަށް އެ ޔުނިވާސިޓީ އިން ބުނެއެވެ.