Last Updated: November 23, 21:29
Saturday, November 23, 2024
ޚަބަރު

ދަފްތަރު ކެޓަގަރީ އިން ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓު ލިބޭ މީހުންގެ ތެރެއިން ދަފްތަރު ކެޓަގަރީ އިން ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފިއެވެ.

މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރައްވާފައެވެ.

މިކަން ހާމަކުރައްވާ ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުއްވާފައިވާ އިޢުލާނާއިއެކު H09 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުތު ހަމަވާ ފަރާތްތަކާއި، ޝަރުތު ހަމަނުވާ ފަރާތްތަކުގެ (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއިއެކު) ވަގުތީ ލިސްޓުތައް ޝާއިޢުކުރައްވާފައިވެއެވެ.

އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ވަނީ ހާމަކުރައްވާފައިއެވެ.

"ހިޔާ" މަޝްރޫޢުގެ H09 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2020 ސެޕްޓެންބަރު 21 ވާ ހޯމަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 04 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މިގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ https://hcp.presidency.gov.mv/ ލިންކު މެދުވެރިކޮށެވެ.