ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު ޓްވިޓާގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އަމިއްލަ އެއް ކުންފުންޏަކަށް ދީފައިވާ ލޯނު ފިޔަވާ ދެން ހުރި ހުރިހާ ލޯނަކީ ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާ ލޯނުތައް ކަމަށެވެ.
ކޮވިޑް19 ގެ މި ހާލަތުގައި މިހާ ބޮޑަށް އިގްތިސޯދު ވެއްޓިފައިވާއިރު ލޯނުތައް ދެއްކުމަށް ރާއްޖެއަށް ދިމާވާނެ ދަތިތައް އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެ ސަފީރު ވިދާޅުވީ ބައިލެޓްރަލް އޮފިޝަލް ސޮވެރިން ލޯނުތައް ފަސް ކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުގައި ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
ސަފީރު ވަނީ ރާއްޖެއިން ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުވުންތައް ހުރި މިންވަރު އެމަނިކުފާނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.