Last Updated: April 24, 23:15
Thursday, April 24, 2025
ޚަބަރު

ކޮވިޑު ޖެހިގެން އިތުރު ދިވެެއްސަކު މަރުވެއްޖެ

:ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑު-19 އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަަރުވާ ދެމުން ދިޔަ 90 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާކަމަށެވެ.

އެމީހާ މަރުވެފައިވަނީ ރޭ ދަންވަރު 1:25 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރޭ މަރުވި މީހާއަކީ މިބަލީގައި ރާއްޖެއިން މަރުވި 34 ވަނަ މީހާއެވެ.

ކޮވިޑު-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 10000 އާއި ގާތް ކުރާްއިރު މިހާރުވެސް 1،424 މީހަކަށް އަންނަނީ މިބަލީގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން 107 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.