ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިސް ކުރައްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނެވި ސިނާއަތަކަށް ހަދާފައި ވަނީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުނިތަކުގެ ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުރައްކާތެރި ކޮވިޑް19 ގެ ވަބާއިން ދިވެހިރާއްޖެ އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައިވެސް ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
On #WorldTourismDay, my best wishes to all individuals and organizations working in Maldivian tourism for making our tourism sector the resilient success it is. As Maldives recovers from the challenges of COVID19, a very warm welcome to all potential visitors to our sunny shores.
— Ibrahim Mohamed Solih (@ibusolih) September 27, 2020
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްގީއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ އުމްރާނީ ތަރައްގީގެ ސަބަބުން މުޅި ދުނިޔެއާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ރަށްފުށުގެ ސާދާ ސަގާފަތް ފަތުރުވެރިކަމުގެ ދާއިރާއަށް ގެނައުމަށް އދ. ގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ކަނޑައެޅި ޝިޢާރެވެ.