އައްޑޫ ލިންކު ރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފޮރޮޅާލައިފިއެވެ.
ރޭ ފަތިހު ހިނގި މި ހާދިސާ ހިނގާފައިވަނީ އާރުއޭއެފް ސަރަހައްދުގައި ހުންނަ ޕޮލިސް އެކަޑަމީ ކައިރިންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއެކްސިޑެންޓު ހިނގި އިރު ކާރުގައި ޑްރައިވަރުގެ އިތުރުންވެސް ބަޔަކު ތިބިކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އައްޑޫ ލިންކު ރޯޑުގައި މިފަދަ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ.