އެމެރިކާގެ ކޯސްޓްގާޑް އެކެޑަމީން ހިންގާ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025" ގެ މި ކޯހަކީ ހަތަރު އަހަރު ދުވަހަށް ހިންގާ ބެޗްލާސް ޑިގްރީ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހަ ދިވެއްސަކަށް ވަނީ ދީފައެވެ.
މި ކޯސް ފަށާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯހަށް ކުރިމަތިލާ ފޯމު ފުރުމަށްފަހު މި މަހުގެ 28ވަނަ ދުވަހުގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގެ ކޯސް ޑިޕާޓްމަންޓަށް އީމެއިލް ކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.