Last Updated: April 19, 16:08
Saturday, April 19, 2025
ޚަބަރު

ހަފްތާގެ ކޮންމެ ދުވަހަކު އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ބާއްވަނީ

އެމިރޭޓްސްގެ ބޯޓެއް ---

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެމިރޭޓްސްއިން ރާއްޖެއަށް ހަފްތާގެ ހަތްދުވަހު ފްލައިޓު ބާއްވަން ނިންމައިފިއެވެ.

މިހާރުވެސް ދުބާއީ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ހަ ފްލައިޓު އެމިރޭޓްސް އިން އަންނަނީ ބާއްވަމުންނެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ އެ އެއާލައިންގެ ފްރިކުއެންސީ އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހަފްތާއެއްގެ ކޮންމެ ދުވަހަކު ވެސް ދަތުތުައް ބޭއްވުމަށް ނިންމާފައިވާފައެވެ.

އެމިރޭޓްސްް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިން777 ގެ މަތިންދާ ބޯޓެވެ.

ރާއްޖެއިން މިދިޔަ މާޗު މަސް ތެރޭގައި ކޮވިޑް ފެނުމާއިއެކު ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރިއެވެ. އަލުން ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖެއަށް ކޮންމެ ދުވަހަކުވެސް އެތަކެއް ފްލައިޓުތަކެއް މިހާރު އަންނަނީ ޖައްސަމުންނެވެ.

މިހާތަނަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން 16،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.