Last Updated: April 19, 16:40
Saturday, April 19, 2025
ޚަބަރު

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓައިފި

ހަސަން އަލީ

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކާއި ގުޅިގެންނެވެ. އެ މައްސަލަ އަކީ ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމަށް ދައްކަން ލިއުން ތައްޔާރުކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ. އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހަސަން އަލީ ހުންނެވިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ އެ މައްސަލާގައި ހަސަން އަލީގެ މައްސަލަ ތަހުގީގުކޮށްފައެވެ. އަދި އެ މައްސަލާގައި ހަސަން އަލީ ޖަވާބުދާރީވުމަށް ވެސް ފުރުސަތު ދިނެވެ.

އެހެންނަމަވެސް ހަަސަން އަލީ ވަނީ ފަހުން ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.