Last Updated: November 23, 11:53
Saturday, November 23, 2024
ޚަބަރު

ނަޝީދު ވިދާޅުވަނީ މި އޮޑިއެއް ނުފެތޭނެ ކަމަށް!

ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުން މުލީއާގެ ކުރިމަތީގައި --

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު މުލީއާގޭގައި ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދާއެކު ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖިލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޓްވީޓު ރީޓްވީޓު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މި އޮޑިއެއް ނުފެތޭނެ" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް އެމްޑީޕީ އަށް ގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައި ދެއްވޭނެ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވެފައެވެ.