Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

މިފްކޯ އިން މަސް ގަންނަ އަގު ދަށްކޮށްފި

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން މަސް ގަންނަ އަގު ދަށްކޮށްފިއެވެ.

މިފްކޯ އިން މަސް ގަންނަން ފަށާފައި މިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެންނެވެ.

މިފްކޯ އިން ބުނީ އެކުންފުނީގެ މަސް ކާރުހާނާތަކާއި ބޯޓު ފަހަރަށް އައި އެޅި މަސް ކިލޯއެއް ގަންނަން ނިންމާފައި ވަނީ 16 ރުފިޔާއަށެވެ. އައި ނާޅާ ނަމަ މަސް ކިލޯއެއް ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ބުނި ގޮތުގައި 1.5 ކިލޯ އިން ދަށުގެ ކަންކަލި ވެސް މިހާރު ގަންނަން ނިންމާފައި ވަނީ ހަތް ރުފިޔާ އަށެވެ. މީގެކުރިން ކޮންޓްރޯލް އަގެއްގައި މަސް ގަންނަމުން ދިޔަ މިފްކޯ އިން ވަނީ ހަތް އަހަރު ފަހު މަސްތުވެރިންގެ އަތުން މަސް ގަންނަމުން ދިޔަ ކޮންޓްރޯލް އަގުތައް ދޫކޮށްލައިފައެވެ.

މިފްކޯ އިން މަސްގަންނަ އަގު ދަށްކޮށްފައިވާއިރު މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ.