ކޮވިޑް19 އާއި އެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ހާމަވެގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އާންމު ސިއްހަތު ކަށަވަރު ކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުން ކަމަށެވެ. ކޮވިޑް19 އާއިއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
The COVID-19 pandemic underscores the importance of quality mental healthcare. Access to mental health services remains a key aspect of our public health outlook. Which is why on #worldmentalhealthday I reaffirm our commitment to expanding mental healthcare nationwide.
— Ibrahim Mohamed Solih (@ibusolih) October 10, 2020
ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރައްވާ، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހުއެވެ. ކޮވިޑް19 ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.