Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސ. ހިތަދޫ ބޭރުމަތީގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ކަރަންޓް ކެޑުމާއި ގުޅިގެން ހިތަދޫއަށް ކޭބަލް ޓީވީ ހިދްމަތް ވެސް ވަނީ މެދުކެޑިފައިއެވެ.

ރިއާސީ އިންތިހާބްގެ ނަތީޖާ ކޭބަލް ޓީވީ މެދުވެރިކޮށް ބަލަމުން ދަނިކޮށް ކޭބަލް ޓީވީން ކަރަންޓް ކެނޑުމާ ގުޅިން އާއްމު ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އައްޑުއަށް ކަރަންޓް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓް ކެނޑުނީ އިންޖީނަކަށް މައްސަލައެއް ދިމާވެގެން ކަމަށެެވެ. އަދި މައްސަލަ މިހާރު ހައްލު ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.