ކޮވިޑް-19 ޕީސީއާރު ޓެސްޓުގެ އަގު ޓްރީޓޮޕް އިން ހެޔޮކޮށްފިއެވެ.
ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް 1،149 ރުފިޔާއަށް ޓެސްޓު ހެދޭއިރު ފަތުރުވެރިންނަށް 1،199 ރުފިޔާއަށް ޓެސްޓް ހެދޭނެ ކަމަށް ޓްރީޓޮޕް އިން މައުލޫމާތުދެއެވެ.
ޓްރީ ޓޮޕް އިން ވަނީ ޓެސްޓިން ކެޕޭސިޓީވެސް އިތުރުކޮށް ޓެސްޓުތަކުގެ ނަތީޖާ ލިބޭ ވަގުތުވެސް އަވަސްކޮށްފައިވާ ކަމަށް ޓްރީޓޮޕް އިން މައުލޫމާތުދެއެވެ.
ޕީސީއާރު ޓެސްޓުގެ ނަތީޖާ މިހާރު 12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެކުރިން ޓްރީޓޮޕް އިން ޕީސީއާރް ޓެސްޓެއް ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ހެދެނީ 1،399 ރުފިޔާއަށެވެ. އަދި ފަތުރުވެރިންނަށް ޓެސްޓް ހެދެނީ 1،499 ރުފިޔާއަށެވެ.