Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ޓީއެމްއޭގެ ބޯޓެއް އެކްސިޑެންޓުވެއްޖެ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ އެއާ ޓެކްސީ އެއް އެކްސިޑެންޓް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު އެކްސިޑެންޓުވީ މ. މެދުފުށި ރިސޯޓު ކައިރިންނެވެ. އެ ބޯޓު އެކްސިޑެންޓުވިއިރު 14 ޕަސިންޖަރުންނާއި ކްރޫއިން ތިއްބެވެ. އެކްސިޑެންޓް ވެފައި ވަނީ ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މި ބޯޓު އެކްސިޑެންޓްވީ ހެނދުނު 11:18 ހާއިރުއެވެ. މި ހާދިސާ ހިނގި ސަބަބެއް ސިވިލް އޭވިއޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.