Last Updated: February 7, 06:30
Friday, February 7, 2025
ޚަބަރު

މާލެ އިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މާލޭގެ އިމާރާތްތަކެއް - ފޮޓޯ: ސަން

މާލެ އިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ 80 ޕަސެންޓަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއް ދިމާވެ، އަނެއްކާވެސް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ވެސް ހައްލުކޮށް މިހާރު އަލުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވެނީ ގަޑިއެއްހާާއިރު ތެރޭ. ދިމާވާނެ ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށް އެދެން" ސްޓެލްކޯ އިން ބުންޏެވެ.

މާލެ އިން އެންމެ ފުރަތަމަ ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.