Last Updated: February 7, 06:30
Friday, February 7, 2025
ޚަބަރު

މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފި

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް އަލުން ކަރަންޓު ދީފިއެވެ.

މާލެއިން މިއަދު އެންމެ ފުރަތަމަ ކަރަންޓު ކެނޑުނީ ހެނދުނު 8:30 ހާއިރުއެވެ.

އޭރު ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ 80 ޕަސެންޓަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއް ދިމާވެ، ހެނދުނު 11:30 ހާއިރު އަނެއްކާވެސް މާލެ އިން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯ އިން މިހާރު ވަނީ އެ މައްސަލަ ވެސް ހައްލުކޮށް މާލެ އަށް އަލުން ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ.

ސްޓެލްކޯ އިން ވަނީ ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.