Last Updated: November 30, 06:26
Saturday, November 30, 2024
ރިޕޯޓް

ފޭދޫ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑު ކުރަނީ

އިހުތިޝާމް އޮފީހުގައި.

ސ. ފޭދޫ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑު ކުރަން ނިންމައި، ކޮންޓްރެކްޓް އުސޫލުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އިހުތިޝާމް ނަޖީބް (އިންތާާ) ވިދާޅުވީ އެތަނުގެ ބޭސް އަޅާ ކޮޓަރި އާއި އިދާރީ އޮފީސް އެއްކޮށް އިމަޖެންސީ ރޫމެއް ހަދައި ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26 ވަނަ ދުވަހާ ހަމަައަށް ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައުފަ އެވެ.

މިކަމާ ބެހޭ މައުލޫމާތު މި މަހުގެ 19 ވަނަ ދުވަހު ސިއްހީ މަރުކަޒުން ސާފު ކުރުމަށް ވެސް އެތަނުން ވަނީ އެދިފަ އެވެ.

ފޭދޫ ސިއްހީ މަރުކަޒުގެ އިމާރާތަށް ބައެއް ބަދަލުތައް ގެންނަން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ދާދި ފަހުން ހަދިޔާ ކުރެއްވި ފައިސާ އިން ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

ގާސިމް ވަނީ އެތަނަށް 350،000ރ. ހަދިޔާ ކުރައްވައިފަ އެވެ.